ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ރީ-ރަޖިސްޓްރީ ވުމަށް 21000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ކުރި ޓުވީޓެއްގައި ވަނީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި އެ ކޮމިޝަނަށް 21،203 ފޯމު ހުށަހަޅަފައިވާކަމަށް ބުނެފަ އެވެ. ރޭ ދަންވަރު 02:00އާ ހަމައަށް އިލެކްޝަނުން ވަނީ ރީ-ރަޖިސްޓްރޭޝަނަށް ފޯމު ބަލައިގަނެފައެވެ.
އަންނަ އޭޕްރީލް މަހު ހަވަނަ ދުވަހު މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އަހަރުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 264،589 ފަރާތަކަށް ލިބެއެވެ. މިފަހަރުގެ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަނަށް އީސީން ހުޅުވާލާފައިވަނީ ފާއިތުވި ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ޖެހޭ ފަރާތްތަކަށެވެ.