ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ސަރުކާރުގެ ސިޔާސަތަކީ ރާއްޖެ ބާރުގަދަ ގައުމެއްގެ ގޮތުގައި ބޭއްވުން: ޑިފެންސް މިނިސްޓަރު

އިބްރާހިމް ޒަކީ

ސަރުކާރުގެ ސިޔާސަތަކީ ރާއްޖެ ބާރުގަދަ ގައުމެއްގެ ގޮތުގައި ބޭއްވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ތޯރިގު ވިދާޅުވީ، ގާނޫނުއަސާސީ އާއި ސިފައިންގެ ޤާނޫނުން މިނިސްޓަރާ މަތިކޮށްފައިވާ ގާނޫނީ އެންމެ ބޮޑެތި ޒިންމާ ތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ ޢިއްޒަތާއި ކަރާމާތް އަދި ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދީ ހިފެހެއްޓުމާއި، ދިވެހިރާއްޖޭގެ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާ ޔަތްކުރުމުގެ ސިޔާސަތު ކަނޑައެޅުންކަމަށެވެ.

އެހެންކަމުން "ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެކަމަނާ ފާޅު ކުރައްވަމުން ގެންދަވާ ސިޔާސަތުގެ ތަކުން، ނުވަތަ ވާހަފަފުޅުތަކުން ޒިންމާ އަދާކުރެވޭކަމަށް ދެކެވަޑައިގަންނަވަންތޯ؟،" ތޯރިގު ސުވާލު ކުރެއްވި އެވެ.

ތޯރިގުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްތަރު ވިދާޅުވީ، އަސްކަރިއްޔާ ބާރުގަދަ ވާނެގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ މިނިސްޓަރުގެ ވާޖިބެއް ކަމަށާއި، މިނިސްޓަރ އޮފް ޑިފެންސްގެ މަގާމުގައިހުންނވައިގެން އެކަމަނާ ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށެވެ.

"ބަޑިޖަހަން އެނގުމަކީ ޑިފެންސް މިިނިސްޓަރުގެ މަސްއޫލއިްޔަތެއްނޫން، ނަމަވެސް އަސްކަރިއްޔާ ބާރުގަދަ ވާނެގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ މިނިސްޓަރުގެ ވާޖިބެއް، އަޅުގަނޑު މިނިސްޓަރު އޮފް ޑިފެންސްގެ މަގާމުގައިހުރެގެން މިކުރަނީ އެ މަސައްކަތް، ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރާނީ އަސްކަރިއްޔާ ކުރިއަރުވައި ބާރުގަދަ ކުރުމަށް،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.