މަނިކަރްނިކާގެ ކާމިޔާބީއަށްފަހު ކަންގްނާ ރާނުތް އަންހެން ހަނގުރާމަވެރިންނަށް ހާއްސަ ފިލްމު ސީރީޒްތަކެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފިއެވެ.
ފިލްމު މަނިކަރްނިކާގައި އެކްޓުކުރުމުގެ އިތުރުން އެ ފިލްމު ޑައިރެކްޓަރަކަށްވެސް މަސައްކަތް ކޮށްފައިވާ ކަންގްނާ ބުނީ އަންހެން ހަނގުރާމަވެރިންނަށް ހާއްސަ ފިލްމު ސީރީޒް ތަކެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މަނިކަރްނިކާ އަކީ އޭގެ ފުރަތަމަ ބައިކަމަށެވެ. އިންޑިއާގެ ކުރީގެ ހަނގުރާމަވެރި އަންހެނުންނަށް ހާއްސަކޮށްގެން ފިލްމު ހަދަން ނިންމާފައިވާކަމަށް ވެސް އޭނާ ބުންްޏެވެ.
މީގެ އިތުރުން ކަންގްނާގެ އަމިއްލަ ބައޯޕިކްއެއް ހަދާނެ ކަމަށްވެސް އޭނާވަނީ ބުނެފައެވެ. ކަންގްނާ ބުނާ ގޮތުގައި އޭނާގެ ބައޯޕިކްއިން ފޭނުންނަށް އޭނާގެ ދިރިއުޅުން ފަސޭހައިން ބަލައިލެވޭނެއެވެ. އަދި ފިލްމީ ދާއިރާގައި ކުރިއެރުމަށް ކުރި ދަތުރުގެ ބައި ވަރަށް ބޮޑަށް ހިއްސާކުރާނެ ކަމަށް ވެސްސް ކަންގްނާ ބުންޏެވެ.
މިހާރު ކަންގްނާ މަސައްކަތް ކުރަމުން އަންނަނީ ފިލްމު "ޕަންގާ" އަދި "މެންޓަލް ހެއި ކިޔާ" ގައެވެ.