ބޮލީވުޑް

ބަދްލާގެ ހާއްސަ ސްކްރީނިން ދައްކާލައިފި

ބޮލީވުޑް މެގާ ސްޓާ ލީޑު ރޯލުން ފެނިގެންދާ ފިލްމު ބަދްލާގެ ހާއްސަ ސްކްރީނިން ދައްކާލައިފިއެވެ.

އަންނަ ހަފްތާގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ހާއްސަ ސްކްރީނިން ބޭއްވީވެސް ހުދު އަމީތާބެވެ. ފިލްމަކީ ބަދަލު ހިފުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ސްކްރީނިންއަށް އަމީތާބްގެ ދެ ދަރިން ކަމުގައިވާ އަބީޝެކް ބަޗަންއާއި ޝުވެތާ ބަޗަންވެސް ދިޔައެވެ.

ފިލްމުގައި ބަތަލާގެ ބައިން ފެނިގެން ދަނީ އަމީތާބާއެކު ފިލްމު 'ޕިންކް"އިން ފެނިގެން ދިޔަ ތަރި، ތާޕްސީ ޕަންނު އެވެ. މެގާ ސްޓާ ޝާހުރުކް ޚާންގެ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ޝާހުގެ އަންހެނުން ގޯރީ ޚާން ހިމެނެއެވެ.

ފިލްމުގެ ލަވަތައް އަންނަނީ ޗާޓްތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުންނެވެ.