ޝަހީދާ އަބްދުﷲ ސައީދު
މުސްލިމުންގެ މުދަލުން ހުއްދަ ނޫން ޓެކްސް ނެގުމާ ދެކޮޅު ކަމަށް މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ މއ. ބާބުލްއަލާވީ، އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އިބްރާހީމް މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުދަލުން ހުއްދަ ނޫން ޓެކްސް ނެގުމާ ދެކޮޅަށް މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އިބްރާހީމް މުހައްމަދަކީ އިސްލާމްދީނުގެ އަލީގައި އިޖުތިމާއީ މައްސަލަތަކުގެ ހައްލު ހޯއްދެވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެ ގޮތުން ރާއްޖޭގެ މީޑިއާތައް މެދުވެރިކޮށް އެ މަސައްކަތް ކުރައްވާތާ ވަނީ އަހަރުތަކެއް ވެފަ އެވެ.