ވިޔަފާރި

ބީއެމްއެލްއިން ކުދި ވިޔަފާރިތަކަށް ފަސޭހަވާ ގޮތަށް ޕޭމަންޓް ގޭޓްވޭ ހިދުމަތް ތައާރަފުކޮށްފި

އަހުމަދު ޖައިޝަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުދި ވިޔަފާރިތަކަށް ފަސޭހަވާ ގޮތަށް ޕޭމެންޓް ގޭޓްވޭގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕޭމެންޓް ގޭޓްވޭ ހިދުމަތް ލިބިގަތުމަށް ދައްކަން ޖެހޭ ސެޓަޕް ފީ އާއި ކޮންމެ މަހަކު ދައްކަން ޖެހޭ މެއިންޓެނެންސް ފީ މި މަހުން ފެށިގެން ނުނަގާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ ސެކިއުރިޓީ ޑިޕޮޒިޓެއް ބެހެއްޓުމަކާ ނުލައި އެ ހިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް މިހާރު ވަނީ ކަނޑައަޅާފައި ކަމަށެވެ

ބީއެމްއެލްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ޕޭމެންޓް ގޭޓްވޭގެ ހިދުމަތް ހޯދާ 112 މާޗަންޓުން އެބަ ތިބި ކަމަށެވެ. އަދި އެ ހިދުމަތް ބޭނުންކޮށްގެ މިދިޔަ އަހަރު 1.5 މިލިއަން ޓްރާންސްއެކްޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން ހިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އަދި އީކޮމާސްގެ ހިދުމަތް ރާއްޖޭގައި އިތުރަށް ކުރިއަރައިގެން ދިޔުން ކަމަށެވެ.