ބޮލީވުޑް

ހޮރާ ކޮމެޑީ ފިލްމު ލަކްސްމީގައި އަކްޝޭ އަދި ސޮބީޓާ

ގިނަ ސޯޝަލް ފިލްމު ތަކެއް ކުޅުމަށްފަހު އަކްޝޭ މިހާރު ތައްޔާރުވަމުން އަންނަނީ ތަފާތު ރޯލެއް ކުޅުމަށެވެ.

ސައުތު ފިލްމު ކަންޗާނާގެ ރީމޭކެއްގެ ގޮތުގައި ނެރެން ހަމަޖެހިފައިވާ ފިލްމު ލަކްސްމީގައި އަކްޝޭ ކުޅުމަށް ހަމަޖެހިފައިވަނީ އަވަލާފަ ހުރި ޓްރާންސްޖެންޑާ އެވޭޓަރެއްގެ ރޯލެވެ. މިއީ 12 އަހަރު ފަހުން ހޮރޯ ކޮމިޑީ ފިލްމަކުން އަކްޝޭ ފެނިގެން ދާ ފުރަތަމަ ފަހަރެވެ.

ފިލްމުގެ ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނީ ސޮބީޓާ ދުލިޕާލާ އެވެ.

މިހާރު އަކްޝޭ އަންނަނީ އޭނާގެ ފިލްމު ކޭސަރީގެ ރިލީސްކުރުމުގެ ފަހު ދުވަސްތައް ގުނަމުންނެވެ. އެ ފިލްމަކީ 21 ސިކުން 1000 އަފްގާންގެ ޓްރައިބަލް އިންވޭޑަރުންނާ ހަނގުރާމަކޮށް އިންޑިއާގެ ބޯޑަރު ސަލާމަތް ކުރި ހާދިސާއަށް ހަދާފައިވާ ފިލްމެކެވެ. ފިލްމު ރިލީސްކުރާނީ 21 މާޗްގައެވެ.