ފިލްމު ހަމް ދިލްދޭ ޗުކޭ ސަނަމްގެ އެކްޓަރު އަދި ޑައިރެކްޓަރު، ސަލްމާން ޚާން އާއި ސަންޖޭ ލީލާ ބަންސާލީ ލޯބީގެ ފިލްމެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކުރީން ވަނީ އިއުލާނުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެއެވެެ. ފަހުގެ މީޑިއާ ރިޕޯޓެއްގައި ބުނެފައިވާ ވާގޮތުގައި ސަންޖޭ ލީލާގެ އާ ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ ދީޕިކާ ޕަޑުކޯންއެވެ. ދީޕިކާ ވަނީ މީގެ ކުރިން ސަންޖޭ ލީލާގެ ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.
ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ވަނީ ފިލްމުގައި ބަތަލާގެ ރޯލަށް ކެތްރީނާގެ ނަން ހުށަހަޅާފައެވެ. އަދި 2015 ވަނަ އަހަރު ނެރުނު ފިލްމު ބަޖިރާއޯ މަސްތާނީ ފިލްމުގެ މަސައްކަތުގެ ތެރޭގައި ސަންޖޭ ލީލާއާ ދެކެވުނު ވާހަކަ ތަކުގައި ކެޓްރީނާގެ އޮޑިޝަންވެސް ކުރެވިފައިވާ ކަމަށް ވެއެވެ.
ސަލްމާން ގެ ފިލްމުގެ ލީޑް ރޯލުން އާލިޔާ ބަޓް އާއި ޖާންވީ ކަޕޫރު ފެނިގެން ގޮސްދާނެ ކަމަށްވެސް އަޑުއެރިއެވެ. ނަމަވެސް 52 އަހަރުގެ ސަލްމާން އާއެކު ބައިވެރިއެއްގެ ރޯލު ކުޅެން އެމީހުން މާ ޒުވާންކަމުން އެ ނަންތައް ކެންސަލްވީއެވެ.
ކަރަން ޖޯހަރުގެ ކޮފީ ވިތް ކަރަން ޝޯގައި ޕްރިޔަންކާ ޗޯޕްރާ ވަނީ ސަންޖޭ ލީލާގެ ފިލްމެއްގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ބުނެފައެވެ. އެހެން ކަމުން ބައެއް ފޭނުން ވަނީ އެއީ ސަލްމާން އާއެކު ކުޅޭ ފިލްމު ކަމަށްވެސް ބުނެފައެވެ.
ސަލްމާން އެންމެ އަވަހަށް ފެނިގެންދާނީ އަލީ އައްބާސް ޒަފަރުގެ ފިލްމު "ބާރަތް" އިންނެވެ. އެ ފިލްމުގައި ބަތަލާއަކަށް ފެނިގެން ދާނީ ކެޓްރީނާއެެވެ.