އިންޑިއާ ޕާކިސްތާނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި އިންޑިއާގެ އާމީއާ އެއްކޮޅަށް ޓުވީޓެއް ކުރުމާ ގުޅިގެން ޕްރިޔަންކާ ޗޯޕްރާ ޖޯނާސް (ޕީސީ)އާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ޕާކިސްތާނުގައި ތިބި ޕީސީގެ ފޭނުން ޔޫއެންއާއި ޔުނިސެޕް ޓެގް ކުރުމަށްފަހު ހުށަހަޅާފައިވާ އޮންލައިން ފެޓިޝަނުގައި ބުނެފައިވަނީ ޕީސީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ކަމުގެ މަގާމުން ވަކި ކުރުމަށެވެ.
ޕީސީގެ ޓުވީޓުގައި ވަނީ "ޖެއި ހިންދު އިންޑިއަން އާރމްޑް ފޯސަސް" އެވެ. އެ ޓުވީޓު ކޮށްފައިވަނީ އިންޑިއާގެ ސިފައިން ޕާކިސްތާނަށް އެތައް ހަމަލާތަކެއް ފޮނުވަމުން ދިޔަ ވަގުތެއްގައެވެ. ޕީސީގެ ޕާކިސްތާނު ފޭނުން ހުށަހެޅި ޕެޓިޝަނުގައި ވާގޮތުގައި އޭނާ ވަނީ ހަނގުރާމައަށް ހިތްވަރު ދީފައެވެ. އެހެން ކަމުން އެ މަގާމުގައި ހުރުމުގެ ޝަރުތު ހަމައެއް ނުވެއެވެ.
ޕީސީއަށް ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ކަމުގެ މަގާމު ދީފައިވަނީ ޑިސެމްބަރު 2016ގައެވެ.