ތަރައްގީގެ ނަމުގައި މުސްލިމުން ރިވެތި އަޚުލާގާ ދުރުކުރަން މަސައްކަތް ނުކުރެއްވުމަށާއި ﷲ ގެ ނިޔާ ވަރަށް ގަދަފަދަވާނެކަން ހަނދާން ކުރުމަށް އައްޝައިޚު އިލްޔާސް ހުސައިން އިލްތިމާސްކުރައްވައިފިއެވެ
އިލްޔާސް ހުސައިން މިއަދުކުރެއްވި ޓުވީޓެއްގައި ވަނީ އެންމެން އެކަތިގަނޑަކަށްވެގެން ކަމެއް ނިންމުމުން އެކަން ހަނދާން ނައްތާލައި ގަދަބަސް ވިދާޅުވެ އޮޅުވައިލަން މަސައްކަތް ނުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.