ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މަޖިލީހުގެ 50 އިންސައްތަ އަންހެނުންނަށް ދޭންޖެހޭ: ޝިދާތާ

ޝަހީދާ އަބްދުﷲ ސައީދު

1

ރައްޔިތުންގެ މަޖިލީހުގެ 50 އިންސައްތަ އަންހެނުންނަށް ދޭންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނިސްބަތަށް ބަލާއިރު އަންހެނުންގެ ނިސްބަތް އުޅެނީ ފަހެއް އިންސައްތައިގައި ކަމަށާއި މިއީ އާބާދީގެ ދެބައިކުޅަ އެއްބައި އަންހެނުން ތިބި ގައުމަކަށް ނިސްބަތުން ވަރަށް ދަށް އަދަދެއް ކަމަށެވެ.

ޝިދާތާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މަޖިލީހުގައި އަންހެނުންގެ ނިސްބަތް ގިނަކަން ފާހަގަކުރައްވައި ޝިދާތާ ވިދާޅުވީ އިންޑިއާ ސްރީލަންކާ އަދި ޕާކިސްތާނުގައި ވެސް މަޖިލީހުގައި އަންހެނުންގެ އަދަދު ނިސްބަތުން ގިނަ ކަމަށެވެ.

ޝިދާތާ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ކަންކަމަށް ނުކުތުމަށް އަންހެނުންނަށް ހުރަސްތަކެއް ހުރި ކަމަށެވެ. އެގޮތުން މުޖުތަމައުން އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި ފާއިތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުގައި ހިންގި ސިޔާސީ ހަރަކާތްތަކަށް ބަލާއިރު އެންމެ ކުރީ ސަފުގައި ތިބީ އަންހެނުން ކަމަށާއި އަންހެނުންގެ ހިތްވަރު އެދުވަހު ފެނުނު ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟