އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމައިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޮނީޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރާކްތަތެރިވާން ބޭނުންވާ މީހުންގެ ފޯމު ހުށަހެޅުމުގެ ސުން ގަޑި މިރޭ 12:00އާ ހަމަޔަށް އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ، އިލެކްޝަނަށް ދެއްވެން އޮތް އެންމެ ގިނަ ވަގުތެއް އެ ފަދަ ކަންކަމުގައި ދެއްވަން ބޭނުންވަނީ އިންތިޚާބުގެ އިތުބާރާއި ޔަގީންކަން ބޮރުކުރުމަށް ކަމަށެވެ.
"ކޮންމެ އިންތިޚާބެއްގެ ވެސް މިނިވަންކަން އަދި ޓްރާންސްޕޭރެންސީ އެންމެ ބޮޑަށް ކަށަވަރުކޮށްދޭ އެއް ބަޔަކީ، އޮބްޒާވަރުންނާއި މޮނީޓަރުން. އެހެންވީމަ އަޅުގަނޑުމެން ބޭނުންވޭ ދެވެން އޮތް އެންމެ ގިނަ ވަގުތު އެކަމަށް ދޭން. އޭރުން އިންތިޚާބުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލާ މީހުން ގިނަވާނެ." އަކްރަމް ވިދާޅުވި އެވެ.
ކުރީން އޮތް ގޮތުން ނަމަ، މޮނީޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ލުމުގެ އެންމެ ފަހު ވަގުތަކީ މިއަދު ހަވީރު 04:00 އެވެ.