ބޮލީވުޑް

ކަރީނާ ބަނޑުބޮޑީކީ ނޫން، މީ ހަމަ "ގުޑް ނިއުސް"

ބަނޑުބޮޑު އިރު ހުރިހާ ސްޓީރިއޯޓައިޕްތައް ދޮގު ކުރި އެއް ތަރިއަށް ކަރީނާ ކަޕޫރު ޚާން ވަނީ ވެފައެވެ. ފިލްމު ކުޅުމާއި، އެހެނިހެންވެސް ދިރިއުޅުމުގައި ކުރަންޖެހުނު ހުރިހާ ކަމެއް ކުރުމަށް ބަނޑުބޮޑުވިއަސް ކަރީނާ ފަސްޖެހިފައެއް ނުވެއެވެ.

ވިހެއުމަށްފަހު ދެއަހަރު ވެފައިވާއިރު އަނެއްކާވެސް ކަރީނާ ވަނީ ބަނޑުބޮޑުކޮށް ހުއްޓައި ފެނިފައެވެ. ނަމަވެސް މިފަހަރު މީ ފިލްމު "ގުޑް ނިއުސް" އަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯ ތަކުގައި ކަރީނާ ހުރީ ކެޝުއަލްކޮށް ހެދުން އަޅައިފައެވެ. ފިލްމުގެ ސެޓުގައި ހިނގާފައި އަންނަ ތަން ފެންނަ އެފޮޓޯގައި ބަނޑުވެސް ބޮޑުކޮށް ހުންނަ ގޮތަށް ފެނެއެވެ.

ގުޑް ނިއުސްގައި ކަރީނާއާއެކު ފެނިގެން ދާނީ އަކްޝޭ ކުމާރުއެވެ. ކޮމެޑީ ޑްރާމާ މި ފިލްމުގައި ދިލްޖިތް ދޮސާންޖް އާއި ކިއާރާ އަދްވާނީވެސް ފެނިގެންދާނެއެވެ.

ފިލްމު ޑައިރެކްޓް ކުރަނީ ރާޖް މެހެތާއެވެ. ގުޑް ނިއުސް ރިލީސްކުރަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ހައެއްގައެވެ.