މަނިކަރްނިކާ: ކްއީން އޮފް ޖާންސީގެ ކާމިޔާބީއާއެކު ކަންގްނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމު ޕަންގާގައެވެ.
ޕަންގާ ގެ ދެވަނަ ޝޫޓިން ނިންމާލުމަށްފަހު ފިލްމުގެ ޓީމާއެކު ކަންގްނާ ވަނީ ފޮޓޯތަކެއް ނަގައިފައެވެ. ފިލްމުގެ ޓީމު ޝޫޓްކުރަމުން ދިޔައީ މަދްޔާ ޕްރަދޭޝްގެ ބޯޕާލްގައެވެ.
ކަންގްނާގެ އިތުރުން ފިލްމުގައި ޖެއްސީ ގިލް އަދި ނީނާ ގުޕްތާ ލީޑް ރޯލުން ފެނިގެން ދެއެވެ. ފިލްމަކީ މި ޒަމާނުގެ އާއިލާއެއްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ.