ޕޮލިސް

ކޮލަމާފުށީ ގެއަކުން ތިޖޫރިއެއް ވަގަށްނެގި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުށީގައި ގެއަކުން ތިޖޫރިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތިޖޫރީ ނެގި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ވަގަށް ނެގި ތިޖޫރި ވަނީ އެރަށު ވަލުތެރެއިން ހޯދައިފައި ކަމަށެވެ. އަދި ތިޖޫރީގައި ހުރި 13510 ރުފިޔާގެ ތެރެއިން 11010 ރުފިޔާ ފުލުހުން ހޯދައިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި އޭގެ ތެރެއިން 1000 ރުފިޔާ ފެނިފައިވަނީ އެމައްސަލައިގައި ހައްޔަރުކޮށްފައިވާ 28 އަހަރުގެ މީހާގެ އަތުން ކަމަށް ފުލުހުން ބުންޏެވެ.