މުދާ ބަރުކޮށްފައި އޮތް ބޯޓެއް ރ. އިންނަމާދޫ ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ބުނީ އިންނަމާދޫއާއި މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއްކަމަށްވާ ''މިިރީ 5'' ބޯޓް މުދަލާއެކު އިންނަމާދޫ ފަޅުތެރެއަށް އަޑިއަށްދިޔަކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 12:40ހާއިރު ކަމަށެވެ.
ބޯޓް އަޑިއަށްދިޔަކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން ހަރަކާތެރިވާން ފަށާފައިވާ ކަމަށާއި އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ބޯޓް ފުންކުރުމުގެ މަސައްކަތް ފުލުހުންނާއި އިންނަމާދޫ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ ބޯޓު އަޑިއަށް ދިޔައިރު ބޯޓުގައި އެއް މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށް މައުލޫމާތު ދީފައިވާކަމަށެވެ.
އެގޮތުން ބޯޓުގައި ކާޑުގެ ބާވަތްތަކާއި ގޭހާއި ހިލަވެއްޔާއި ސިމެންތި ފަދަ މުދާ ހުރިކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.