ޕީއެސްއެމުން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނިތަކު ތެރެއިން ބިޒްނަސް އިމޭޖް ގްރޫޕް(ބިގް)އަށް ދައްކަން އޮތް 78 މިލިއަން ރުފިޔާއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެ ކުންފުނިން ދާދި ފަހުން ނިންްމާފައި ވަނިކޮށް، އެ ފައިސާ ދޫކުރުން މަޑުޖައްސައިލަން އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިޔައްތު ކޮމެޓީން ދާދި ދެންމެ ނިންމައިފި އެވެ.
މި ވަގުތު ކުރިޔަށްދާ މާލިއްޔަތު ކޮމެޓީގައި އިންނެވި މެމްބަރަކު ވަނީ "ވަން އޮންލައިން"އަށް މިކަން ކަށަވަރުކޮށްދީފަ އެވެ.
"މައްސަލަ ބަލައި ނިމެންދެން ފައިސާ ދޫނުކުރަން އަންގަން ކޮމެޓީން ފާސްކުރީ." އެ މެންބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮމެޓީގައި އެގޮތަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ކަމަށެވެ.
މާލިއްޔަތު ކޮމެޓީގެ އެ ނިންމުމާ އެއްގޮތަށް މަޖިލީހުން އެކަން އަންގާނީ ފިނޭންސް މިނިސްޓްރީއަށެވެ.