ބޮލީވުޑް

ޑަބަންގް ތިނަކުން ކަރީނާ ނުފެންނާނެ

ސަލްމާން ޚާން އާއި ސޮނާކްޝީ ސިންހާ ފެނިގެންދާ ފިލްމު ޑަބަންގް ތިނަކުން ކަރީނާ ކަޕޫރު ޚާން ފެނިގެންދާނެ ކަމަށް ކުރީން އޮތީ އަޑުފެތުރިފަ އެވެ.

ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު އަރްބާޒް ޚާން މިވަނީ ކަރީނާ ޑަބަންގް ތިނަކުން ނުފެންނާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން ފިލްމާ ގުޅޭ ހުރިހާ މައުލޫމާތެއް ވަގުތު ޖެހުމުން ހިއްސާ ކުރާނެ ކަމަށްވެސް އަރްބާޒް ވަނީ ބުނެފައެވެ.

ޑަބަންގް ތިނެއްގެ ޝޫޓިން މަހޭޝްވަރުގައި މި އަންނަ އޭޕްރީލް މަހު ފަށާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ. ފިލްމު ރިލީސްކުރަން ޖެހޭ ތާރީހަށް ފިލްމު ނިންމުމަށް ޓަކައި ހަތަރު މަސްތެރޭގައި ޝޫޓްކޮށް ނިންމާލާނެ ކަމަށް ވެސް އަރްބާޒް ވަނީ ބުނެފައެވެ.