ބޮލީވުޑް

ކޮންޓެންޓް ކްރިއޭޓާ އޮފް ދަ އިޔާ އެވޯޑު އެކްތާއަށް

އިންޑިއާގެ ޓީވީ ސީރީސްތަކުގެ ރާނީ އެކްތާ ކަޕޫރަށް އިކޮނޮމިކް ޓައިމްސް ބްޒިނަސް އައިކޮން އޮފް ދަ އިޔާ އެވޯޑުގައި ކޮންޓެންޓް ކްރިއޭޓާ އޮފް ދަ އިޔާ އެވޯޑު ލިބިއްޖެއެވެ.

ފިލްމުވެސް އުފައްދާ އެކްތާ ވަނީ އިވެންޓުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ފޮޓޯގެ ކެޕްޝަނުގައި ބުނީ އިކޮނޮމިން ޓައިމްސް ގެ ބްޒިނަސް އައިކޮންގެ ކޮންޓެންޓް އެވޯޑު ލިބުނުކަމަށްޓަކައި ޝުކުރުއަދާކުރާކަމަށެވެ. 

2018 ގައި އެކްތާ ވަނީ ޓީވީން ފިލްމީދާއިރާއަށް އަދި ޑިޖިޓަލް ދުނިޔެއަށްވެސް ބޮޑު އިންގިލާބެއް ގެނެސްފައެވެ.

ޓީވީ ސީރީޒް ތަަކަށް ބަލާއިރު އެކްތާގެ އެންމެ މަގުބޫލު އެއް ސީރީޒް ކަމަށްވާ ކަސޯޓީ ޒިންދަގީކީގެ ރީމޭކެއް ވަނީ ފަށައިފައެވެ. އަދި ނާގިން ސީރީޒްގެ ތިންވަނަ ސީޒަންވެސް ވަނީ ފައްޓާފައެވެ.

މަގުބޫލު ފިމްލުތަކުގެ ތެރޭގައި ހިމެނޭ ވީރޭ ދީ ވެޑިންގް ގެ ޕްރޮޑިއުސަރަކީ އެކްތާއެވެ.

ގޫގުލް އިންޑިއާގެ މިދިޔަ އަހަރުގެ ޓޮޕް ޓްރެންޑިން ލިސްޓްގައި އެކްތާ ގެ ނަން އޮތީ އިންޑިއާގެ ކޮންޓެންޓްގެ ރާނީގެ ގޮތުގައެވެ.