ޕޮލިސް

ތިނަދުއަށް ވާރޭ ވެހި 50 ގެއަކަށް ފެން ވަދެއްޖެ

ގދ. އަތޮޅަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތިނަދޫގެ 50 ގެއަކަށް ފެންވަދެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ތިނަދޫގައި ފެންބޮޑުވެ ގެތަކަަށް ފެން ވަންނަމުންދާ ކަމަށެވެ. އެގޮތުން އުތުރު އަވަށުން 50 ގެއަކަށް ފެންވަދެފައިވާތީ ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި ތިނަދޫގައި 50 ގެއަކަށް ފެންވަދެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ފެން ހިންދުމުގައި ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވެލިބަސްތާ ޖެހުމާއި ފެނުގައި ހުރި ތަކެތި ހިކި ތަންތަނަށް ބަދަލުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ތިނަދޫގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުންދާ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.