ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑޮކްޓަރަށް ދެއްކުމަށްފަހު މާފުށީ ޖަލަށް ގެންގޮސްފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު ވިދާޅުވީ އަދީބުގެ މެޑިކަލް ޗެކަޕެއް ހަދަން އައިޖީއެމްއެޗަށް ގެނައީ މިއަދު ހެނދުނު ކަމަށެވެ.
އައި މެޑިކަލް ޗެކަޕްް ހެދުމަށްފަހު އަނބުރާ މާފުށީ ޖަލަށް މިހާރު ގެންގޮސްފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.
އަދީބުގެ ސއްހީ ހާލަތު ގޯސްވެގެން ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ގޭގައި ބެހެއްޓުމަށްފަހު ދީފައިވާ މުއްދަތު ހަމަވުމުން އަދީބު ޖަލަށް ގެންދިޔައެވެ.
ނަމަވެސް އެމައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން އަދީބު ގޭބަންދަށް ބަދަލު ކުރުމަށް އަމުރުކުރިތާ 24 ގަޑިއިރު ނުވަނީސް، އެމައްސަލަ ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން ވަނީ އަދީބު ޖަލަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ.
ތަފާތު އެކި ކުށްތަކުގައި އަދީބު ވަނީ 33 އަހަރަށް ޖަލަށް ހުކުމްކޮށްފައެވެ.