ނުވަ ދިހަ އެއް ވަނަ އޮސްކާ އިއްޔެ ބޭއްވިގެން ދިޔައީ ގިނަ ތަރިންތަކެއްގެ މަސައްކަތުގެ އަގު ވަޒަން ކުރުމަށްފަހުއެވެ. އޮސްކާ ފަދަ އެވޯޑު ތަކަކީ ހާއްސަކޮށް އަންހެން ތަރީންގެ މެދުގައި ވީހާވެސް ތަފާތުކޮށް ހެދުން އެޅުމަށް މަސައްކަތް ކުރާ ހަފްލާތަކެވެ.
ނަމަވެސް މިއަހަރު އެންމެންގެ ލޯތައް ހުއްޓުނީ ބަތަލު އަދި ލަވަކިޔުންތެރިޔާ ބިލީ ޕޯޓަރު ލައިގެން ދިޔަ ޓަކްސީޑޯ ހެދުމަށެވެ.
ކްރިސްޓިއަން ސިރިއާނޯގެ ކަސްޓަމް ކްރިއޭޝަނެއް ކަމަށްވާ އެ ހެދުމުގައި ޓަކްސީޑޯ ޖެކެޓެއްގެ އިތުރުން މަހުމާ ފޮތީގެ ދިގު ސްކާޓެއްވަނީ ލައިފައެވެ.
ބިލީ ބުނި ގޮތުގައި އޭނާ އަކީ އަބަދުވެސް ފެޝަނަށް ލޯބި ކުރާ މީހެކެވެ. އޭނާގެ މާމަ އަދި މަންމައަކީ ވެސް ވަރަށް ސްޓައިލިޝް ބައެއް ކަމަށް ބިލީ ބުންޏެވެ. ފެޝަންދެކެ ލޯބިވެގެން އެ ދުނިޔޭގައި ބޮޑުވި ނަމަވެސް އަބަދުވެސް ލާން ބޭނުންވާ އެއްޗެއް ލުމަށް ހުރަސްތަކާ ކުރިމަތިވާކަމަށް ވެއެވެ. އެހެން ކަމުން އޭނާ މިއަހަރުގެ އޮސްކާއަށް ޓަކްސީޑޯ ހެދުމެއް އިހްތިޔާރު ކުރީ ވީހާވެސް ގިނަ ބަޔަކު ހޭލުންތެރިކުރުމަށެވެ. ބިލީ އިތުރަށް ބުނި ގޮތުގައި އޭނާ ހީލްސްއަށް އަރާފައި ހުއްޓަސް އެއަށްވުރެ ފިރިހެން ކަން ބޮޑަށް އިހްސާސްވި ވަގުތެއް ނުދެއެވެ.
މީގެ އިތުރުން ގިނަ ބަޔަކު އޭނާގެ ހެދުމާ ދޭތެރޭ ހިތްހަމަނުޖެހުނަސް އެއީ އޭނާގެ އަމިއްލަ ކަމެއް ކަމަށާއި މީހުން ދައްކާ ވާހަކައަށް މާ ބޮޑު ސަމާލު ކަމެއް ނުދޭ ކަމަށް ބުންޏެވެ.