އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ކޮމެޓީގެ މުގައްރިރުކަމުން ރޮޒައިނާ ދުރުކުރަން ހުށަހަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރުކަމުން ރޮޒައިނާ ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމައްސަލަ ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ތިން މެންބަރަކު ސޮއި ކުރައްވައިގެންނެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

އެހެންކަމުން، އެމައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅުމުން ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް، އެމައްސަލަ ކުރިއަށްގެންދަން ހުރަސް އަޅުއްވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ތާވަލު ކުރުމަށްފަހު އެއީ ބެލޭނެ މައްސަލައެއް ނޫންކަމަށް ރޮޒައިނާ ވިދާޅުވެފައިވާކަމަށެވެ.