ޝަހީދާ އަބްދުﷲ ސައީދު
މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން މީހެއްގެ ކުރިމައްޗަށް ލަކުޑިބުރިއެއް ވެއްޓުމުން މަސައްކަތްކުރަން ތިބި ބިދޭސީން ފިލައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޝަހީދު އަލީ ހިނގުމުގައި ހުރި ރާނބާ ރެސްޓޯރެންޓް ކައިރީގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ލަކުޑިބުރިއެއް ވެއްޓުނީ އެމަގުން ހިނގާފައި ދިޔަ މީހެއްގެ ކުރިމަޗަށް ކަމަށެވެ.
އެވަގުތު ސައިޓުގައި މަސައްކަތްކުރަން ތިބި ބިދޭސީން ފިލާފައިވާކަމަށާއި އެހާދިސާ ހިނގާފައިވަނީ މިއަދު 12:37 އެހާކަށްހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި ފިލި ބިސޭދީންނާ ބެހޭ މައުލޫމާތު އިމިގްރޭޝަނަށް ދީފައިވާކަމަށާއި، އެކަން މާލޭ ސިޓީ ކައުންސިލަށާއި ހައުސިން މިނިސްޓްރީއަށްވެސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް މާލޭގައި އިމާރާތްތަކުން އެއްޗިހި ވެއްޓި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބެމުންދާ މައްސަލަތައް ވަނީ އިތުރުވެފައެވެ.