ޕޮލިސް

ގަވައިދާ ޚިލާފަށް ޕާކުކޮށްފި ނަމަ ސްޓިކާ ޖަހާނެ ނުވަ ސަރަހައްދެއް ފުލުހުން އިއުލާނުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ގަވައިދާ ޚިލާފަށް ޕާކުކޮށްފި ނަމަ ސްޓިކާ ޖަހާނެ ނުވަ ސަރަހައްދެއް ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ އިއުލާނުކުރި ނުވަ ސަރަހައްދުގައި ޕާކުކުރާ ނަމަ މިއަދުން ފެށިގެން ސްޓިކާ ޖަހަމުން ގެންދާނެ ކަމަށެވެ.

އެގޮތުން ޕާކުކޮށްގެން ނުވާނެ ސަރަހައްދުތަކުގެ ގޮތުގައި ފުލުހުން ކަނޑައަޅައިފައިވަނީ މިސްކިތްތަކުގެ ކައިރިއާއި ކަފިހި ހުރަސްތަކާއި ދުވާރު މަތި، ގޯޅިތަކުގެ ކަންމަތި، ސްކޫލުތަކާއި ހޮސްޕިޓަލުތަކާއި ބޭންކުތައް ކައިރިއެވެ.

އަދި އޭގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްދާއި ފުލުހުންގެ ކޯން އަދި ބެރިކޭޑު ޖަހާފައިވާ ސަރަހައްދާއި ޑަބަލް ރޮނގު ދަމާފައިވާ ސަރަހައްދުތަކުގައި ވެހިކަލު ޕާކު ކުރާނަމަ ސްޓިކާ ޖަހާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް ޕާކުކުރާ ވެހިކަލުތަކުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށެވެ.