މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ޕްރައިމަރީން ބަލިވި ފަރާތްތަކަށް މަޖިލިސް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހަޅަން އިތުރު ފުރުސަތު ދިން ނަމަވެސް، އިންތިޚާބު ބާއްވަން ހަމަޖައްސައިފައިވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނީ އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު (އީސީ ޝަރީފު) ދާދި ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ، އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 04:00 ގެ ކުރީން ފޯމު ހުށަހަޅައިފި ނަމަ، ޕްރައިމަރީން ބަލިވިމީހުންގެ ފޯމުތައް އިލެކްޝަނުން ބަލަިއގަތުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.