ޝަހީދާ އަބްދުﷲ ސައީދު
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޖަމިއްޔާތަކުގެ ވިއުގަ އިފްތިތާހުކޮށްދެއްވައިފިއެވެ.
ޖަމިއްޔާތަކުގެ ވިއުގަ އިފްތިތާހުކޮށްދެއްވާފައިވަނީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މަދަނީ ޖަމުއިއްޔާތައް އެއް ވިއުގައަކުން ގުޅައިލުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ވިދާޅުވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
މިދިޔަ ޖެނުއަރީ މަހު 22 ވަނަ ދުވަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ، އިޖުތިމާއީ އަދި އިގުތިސާދީ ބޮޑެތި މައްސަލަތައް ރާއްޖޭގައި އެބަހުރި ކަމަށާއި އެކަންކަން ސަރުކާރަށް އެކަނި ހައްލު ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން މަދަނީ ޖަމިއްޔާތަކާ ގުޅިގެން އެފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ޖަމިއްޔާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ މައްސަލަތައް ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން އެބަައޮތް ކަމަށްވެސް އިމްރާން ވިދާޅުވެފައި ވެއެވެ.