ކްރިމިނަލް ކޯޓް

ބިރުދައްކައިގެން ފައިސާތަކެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ މުއްދަތު ޖަހައިފި

މިމަހުގެ ނުވަ ވަނަ ދުވަހު މ. އަޅިވިލާ މަގުން ހިނގާފައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައިގެން ފައިސާތަކެއް ފޭރިގެން މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

އޭނާ އަތުން ފޭރިގެންފައި ވަނީ 840 އެމެރިކާ ޑޮލަރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގައި ބިރުދައްކައިގެން ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.