ކުޅިވަރު

ކްރިކެޓާ އޮފް ދި އިޔަ 2018 އަށް ޔޫސުފް އަޒްޔާން ފަރުހަތު އާއި އައިޝަތު އައިމާ ހޮވިއްޖެ

އިބްރާހިމް ޒަކީ

ކްރިކެޓާ އޮފްދި އިޔަރ 2018 އަށް ޔޫސުފް އަޒްޔާން ފަރުހަތު އާއި އައިޝަތު އައިމާ ހޮވިއްޖެ އެވެ.

ރޭ ބޭއްވި ކްރިކެޓްނައިޓްގައި ކްރިކެޓާ އޮފްދި އިޔާ 2018 އަށް ހޮވުނު ފަރާތްތަކާއި، ހާއްސަ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތަށި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން އުކުންތެރިއަކަށް ފޮވުނީ، މުހައްމަދު މަހްފޫޒު އެވެ.

އެންމެ މޮޅު އަންހެން އުކުންތެރިއަކަށް ހޮވުނީ، އައިޝަތު އައިމާ އެވެ.

އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ޔޫސުފް އަޒްޔާން ފަރުހަތު ހޮވިފައިވާއިރު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ، ސަމިއްޔާ ހަމީދު އެވެ. މީގެ އިތުރުން އެންމެ އުއްމީދީ ފިރިހެން ކުޅުންތެރިޔަކަށް އާދަމް ނާސިފް އުމަރު ހޮވުނުއިރު އެންމެ އުއްމީދީ އަންހެން ކުޅުންތެރިއަކަށް ހޮވުނީ، އައިޝަތު ހަމްޒާ އެވެ.

ރޭގެ ހަފްލާގައި 14 އަހަރުންދަށާއި 16 އަހަރުންދަށާއި 19 އަހަރުންދަަށުގެ އެންމެމޮޅު ފަސް ކުޅުންތެރިންނާއި އަތޮޅުތަކުން އެންމެ މޮޅެތި ކުޅުންތެރިނާއި، ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެންމެ މޮޅު ކުޅުންތެރިންނަށހޮވައި އިނާމް ދިނެވެ.

މީގެ އިތުރުން ކްރިކެޓް ކުރިއަރުވަން އެކި ގޮތްގޮތުން، އެކި ދާއިރާތަކުން ހިދުމަތްކުރެއްވި ފަރާތްތަކުގެ އަގު ވަޒަން ކޮށް އެފަރާތްތަކަށްވެސް އިނާމު ދިނެވެ.