ޕްރިޔަންކާ ޗޯޕްރާ އަކީ ގްލޯބަލް އައިކޮން އެއް ކަމަށާއި، އޭނާގަ ހުންނަ ކަހަލަ އެމްބިޝަނެއް ނެތް ކަމަށް ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.
ކަރިނާ މިހެން ބުނެފައިވަނީ ކަރަން ޖޯހަރުގެ ކޮފީ ވިތް ކަރަން ޕްރޮގްރާމުގައި ޕްރިޔަންކާ އާއެކު ބައިވެރިވެ ހިއްސާ ކުރި ވާހަކަ ތަކުގައެވެ.
ކަރަން ވަނީ ހޮލީވުޑް ފިލްމު ކުޅުމަށް ކަރީނާ ބޭނުންތޯ އަދި ވިސްނަންތޯ ސުވާލު ކޮށްފައެވެ. ރައްދުގައި ކަރީނާ ވަނީ ބޭނުން ނުވާ ކަމަށް ބުނެފައެވެ. އާއިލާ އާއި ލޯބިވާ އެންމެން ތިބީ އިންޑިއާގައި ކަމަށާއި، އެމީހުން ދޫކޮށް ނުދެވޭނެ ކަމަށް ކަރީނާވަނީ ބުނެފައެވެ.
މީގެ އިތުރުން ޕްރިޔަންކާ އަށްވެސް ކަރީނާ ވަރަށް ބޮޑަށް ވަނީ ތައުރީފު ކޮށްފައެވެ. ޕްރިޔަންކާގެ ޖެހިލުން ކުޑަ ސިފަ ވަރަށް ކަމުދާ ކަމަށާއި، އޭނާ ކުރަމުން ދަނީ "އެމޭޒިން" ކަމެއް ކަމަށް ކަރީނާ ބުންޏެވެ. އަދި އެކުރާ މަސައްކަތް ކުރުމަށް ބޭނުންވާ އެމްބިޝަން ކަރީނާގެ ކިބައިގައި ނެތް ކަމަށް އޭނާ ބުންނެވެ.
ކަރީނާ އާއި ޕްރިޔަންކާ އެކީގައި ވަނީ އެއް ފިލްމު ކުޅެފައެވެ. އެއީ އެއިތްރާޒްއެވެ.