މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ ފިލްމު ޗަޕާކް ގައި އެކްޓުކުރުމުގެ އިތުރުން ދީޕިކާ ޕަޑުކޯން އަކީ ކޯ ޕްރޮޑިއުސަރުވެސް މެއެވެ.
އިންޑިއާގައި އެސިޑް އެޓޭކް ސަވައިވާ އެއް ކަމަށްވާ ލަކްސްމީގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ މި ފިލްމުޣޭ ވާހަކަ އިއުލާން ކުރި އިރުންފެށިގެން ދަނީ ފަލަސުރުހީތަކުން ޖާގަ ހޯދަމުންނެވެ.
ފިލްމުގެ ޑައިރެކްޓަރު މެގްނާ ވަނީ ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި އަންނަ މާރޗް މަހު ފިލްމުގެ ޝޫޓީން ފަށާނެކަމަށް ބުނެފައެވެ. ފިލްމުގެ ޕްރީ ޕޮރޮޑަކްޝަންގެ މަސައްކަތް ނިމިފައިވާ ކަމަށާއި ސްކްރިޕްޓްވެސް އެކީ ފައިނަލް ވެފައިވާ ކަމަށް މެގްނާ ވަނީ ބުނެފައެވެ. މިހާރު ކުރިއަށްދަނީ ތަރިންގެ ލުކްސް ތައް ފައިނަލް ކުރުމުގެ މަސައްކަތްކަމަށް ވެސް ވެއެވެ.
ފިލްމުގައި ދީޕިކާ އާއެކު ލީޑް ރޯލުން ފެނިގެންދާނީ ވިކްރާންތް މަސޭ އެވެ.