ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކުރި އެނުއަލް ކްރިކެޓް ނައިޓް 2019 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު އޮތީ މިރޭ ޣިޔާސުއްދީން ސްކޫލުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2018 ވަނަ އަހަރު އުފެދުނު އެންމެ މޮޅު އަންހެން އަދި ފިރިހެން ކްރިކެޓް ކުޅުންތެރިންނަށް އިނާމު ދެއްވާފައެވެ.