ވިޔަފާރި

''ގޯލްޑް 100'': ސީޖީއޭ ދިރާގު އަދި އެލައިޑަށް

މަރިޔަމް ޝަހުދާ

ކޯޕަރޭޓް ގަވަނަންސް އެވޯޑް، (ސީޖީއޭ) ދިރާގު އަދި އެލައިޑް އިންޝުއަރެންސް ކުންފުންޏަށް ލިބިއްޖެއެވެ.

މި އެވޯޑް މި ދެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ މިރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއަ ''ގޯލްޑް 100'' އެވޯޑް ހަފްލާގެ ތެރެއިންނެވެ. ކޯޕަރޭޓް ގަވަނަންސް އެވޯޑަކީ މި އަހަރު އަލަށް ތައާރަފް ކުރެވިފައިވާ އެވޯޑެކެވެ.

''ގޯލްޑް 100'' އެވޯޑަކީ ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެވޯޑެކެވެ. މި އިވެންޓްގެ ގޯލްޑް ޕާޓްނަރުންނަކީ ދަ ހޯކްސް، އެމް 7، އުރީދޫ މޯލްޑިވްސް އަދި އަލް ޝާރީ މެރީން އެވެ. މި އިވެންޓުގެ ޕްލެޓިނަމް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.