އަލީ ހުސައިން

ދައުލަތުގެ ބައެއް ވެރީން ފައިސާތަކެއް ހިފައިގެން ފުރަން އުޅޭކަމަށް ބުނެ ޕޮލިހަށް

ދައުލަތުގެ ބައެއް ވެރީން ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށް ފުރަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ. މިއަދު އެ މައްސަލަ ޕޮލިހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން އެެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އަލީ ހުސެއިން ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ ތަކެއް ރާއްޖެއިން ބޭރުކުރަން އުޅެނީ ފޮށިގަނޑުތަކެއްގައި ބަންދުކޮށްގެން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ނަމަ މި ފައިސާ ތަކެއް ބޭރުކުރަން އުޅެނީ ގިނަ އަދަދެއްގެ ފޮށިގަނޑުތަކުގައި ޕެކް ކޮށްގެން. އަދި މިތަކެއްޗާ އެކު ދައުލަތުގެ ބައެއްް ވެރީން ވެސް ފުރުއްވާ ކަމަށް މައުލޫމާތު މި ލިބެނީ. އެހެންވީމަ ޕޮލިހަށް މައްސަލަ ހުށަހެޅީ." އަލީ ވިދާޅުވި އެވެ.

ސޯޝިއަލް މީޑިއާގައި ޚަބަރުތައް ފެތުރިފައިވާ ގޮތުން ނަމަ، ދައުލަތުގެ ބައެއް ވެރީން ގިނަ މި ފައިސާތައް ހިފައިގެން ފުރުއްވަން ހަމަޖައްސާފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.