ވިޔަފާރި

"ގޯލްޑް 100" އެވޯޑްސް ހަފްލާ ބާއްވައިފި

މަރިޔަމް ޝަހުދާ

ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ގޯލްޑް 100" އެވޯޑްސް ހަފްލާ މިރޭ ބާއްވައިފި އެވެ.

މިރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ މި ހަފްލާގައި ވަނީ 100 ފަރާތަކަށް ގޯލްޑް 100 އެވޯޑް ދީފައެވެ. މީގެ އިތުރުން ދެފަރާތަކަށް ކޯޕަރޭޓް ގަވަނަންސް އެވޯޑް ދީފައިވެ އެވެ. މީގެ އިތުރުން ގޯލްޑް 100 ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ވަނީ ދެފަރާތަކަށްދީފައެވެ.

ގެޓަވޭސްގެ ފަރާތުންދޭ މި އެވޯޑަކީ ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

މި އިވެންޓްގެ ގޯލްޑް ޕާޓްނަރުނަކީ ދަ ހޯކްސް، އެމް 7، އުރީދޫ މޯލްޑިވްސް އަދި އަލް ޝާރީ މެރީން އެވެ.

މި އިވެންޓުގެ ޕްލެޓިނަމް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.