ކުޅިވަރު

"މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ސްކޫލް ކުދިންގެ "މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހެންވޭރު ބޯޅަ ދަނޑުގައެވެ.

މި މުބާރާތަކީ ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެންކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން ވަނީ "ފިއެސްޓާ ލޯގޯ" ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

މިދިޔަ ބުދަދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ މިއަހަރުގެ "މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ގައި ގްރޭޑް ތިނެއްގެ ބައިން ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ.

އަދި ގްރޭޑް ދޭއްގެ ބައިން ޖަމާލުއްދީން ސްކޫލް ޗެމްޕިއަންކަން ހޯދާފައިވާއިރު، އަންހެން ދަރިވަރުން ބައިވެރިވެފައިވާ ގްރޭޑް ދޭއްގެބައިން ޗެމްޕިއަންކަން ހޯދީ ޣިޔާސުއްދީން ސްކޫލެވެ.