ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލުމަށް 507 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
އީސީން މިހެން ބުނީ އިންތިޚާބާ ގުޅޭ މައުލޫމާތު ދިނުމަށް ޓަކައި މިހާރު ކުރިޔަށް ގެންދާ ނޫސްވެރީންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އެވެ.
ވޯޓުފޮށިތައް ބަހައްޓާނެ ގޮތުގެ ތަފުސީލު ތިރީގައި އެވަނީ އެވެ.
1. އަތޮޅުތަކުގެ ރައްޔިތުންނަށް މާލޭގައި - 82 ފޮށި
2. އަތޮޅުތެރޭގެ ރަށްރަށުގައި - 306 ފޮށި
3. ރިސޯޓުތަކުގައި - 39 ފޮށި
4. ސިނާއީ ސަރަހައްދުތަކުގައި - 04
5. ޖަލުތަކުގައި - 05
6. ބޭރު ގައުމުތަކުގައި - 12 ފޮށި
7. މާލޭގެ ރައްޔިތުންގެ 15 ދާއިރާއަށް މާލޭގައި - 59 ފޮށި