ގޯލްޑަން ފުޓްސަލް ޗެލެންޖް

ގޯލްޑަން ފުޓްސަލް ފައިނަލް: ތ. ތިމަރަފުށި 2-2 ކ. ގާފަރު (4-2)

31 Mar 09:45

މުބާރާތުގެ ޗެމްޕިއަން، ތ. ތިމަރަފުއްޓަށް 65،000 ރުފިޔާގެ ފައިސާގެ އިނާމެއް.

31 Mar 09:40

މުބާރާތުގެ ރަނަރަޕް، ކ. ގާފަރަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް.

31 Mar 09:34

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކިންގް އޮފް ދަ ޓޯނަމަންޓްގެ މަގާމަށް ތ. ތިމަރަފުށީގެ އިބްރާހިމް އަސްވަދު (ގަބޭ).

31 Mar 09:32

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  • ޖުމައިލް ޖަމީލް (ޖުމްބެ)، ދ. ކުޑަހުވަދޫ
  • އިބްރާހިމް އަސްވަދު (ގަބޭ)، ތ. ތިމަރަފުށި
  • ފައްޔާޒް ފަޔާޒް (ފައިއްޓެ)، ކ. ގާފަރު
  • އިބްރާހިމް ސިނާހް (ސިނާ)، ތ. ތިމަރަފުށި
  • އަލީ މާއިސް (މައްޓު)، ކ. ގާފަރު
31 Mar 09:28

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ތ. ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ).

31 Mar 09:27

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ތ. ތިމަރަފުށީގެ ކޯޗު އަލީ ފަހުމީ (އައްޔަ).

31 Mar 09:25

ފެއާ ޕްލޭ ޓީމަކަށް ށ. ކަނޑިތީމު.

31 Mar 09:24

ބެސްޓް ސަޕޯޓިން ޓީމަކަށް އއ. މަތިވެރި.

31 Mar 09:23

އެންމެ މޮޅު ރެފްރީއަކަށް އަހުމަދު މުނީރު.

31 Mar 09:11

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިމަރަފުށީގެ އިބްރާހިމް އަސްވަދު (ގަބޭ). ޓްރޮފީ ހަވާލުކޮށްދިނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު.

31 Mar 08:59

މެޗުގެ ދެވަނަ ހާފުގައި ތިމަރަފުށިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ގާފަރުން ވަނީ ހިތްވަރާއެކު ވަރުގަދަ ކުޅުމަކާއެކު ދެ ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފައި. ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރުގެ ދެ ޕެނަލްޓީ ނާކާމިޔާބުވި އިރު، ތިމަރަފުށިން ނާކާމިޔާބުވީ އެންމެ ޕެނަލްޓީއެއް.

31 Mar 08:56

މިއީ މުބާރާތުގެ ތާރީހުގައި ޓީމަކުން ތަށި ދިފާއުކުރި ފުރަތަމަ ފަހަރު.

31 Mar 08:55

މިއީ ތިމަރަފުށިން މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރު. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަކީ ވެސް ތިމަރަފުށި.

31 Mar 08:51

ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރުގެ މައްޗަށް ތިމަރަފުށި ކުރި ހޯދީ 4-2ގެ ނަތީޖާއަކުން.

31 Mar 08:50

ތިމަރަފުށިން ތަށި ދިފާއުކޮށްފި.

31 Mar 08:50

ތިމަރަފުށީގެ ގަބޭގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

31 Mar 08:49

ގާފަރުގެ އަޒްޔާންގެ ޕެނަލްޓީ ގޯލުގެ ދަނޑިއަށް، ޕެނަލްޓީ ނާކާމިޔާބު.

31 Mar 08:49

ތިމަރަފުށީގެ ސިޔާދުގެ ޕެނަލްޓީ ބޭރަށް.

31 Mar 08:48

ގާފަރުގެ ސަނީމްގެ ޕެނަލްޓީ ބޭރަށް.

31 Mar 08:48

ތިމަރަފުށީގެ ހަމްދެ ފޮނުވާލި ޕެނަލްްޓީ ވެސް ގޯލުގެ ތެރެއަށް.

31 Mar 08:47

ގާފަރުގެ ސާމިންގެ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފި.

31 Mar 08:47

ތިމަރަފުށީގެ ސިނާގެ ޕެނަލްޓީ ވެސް ކާމިޔާބު.

31 Mar 08:46

ގާފަރުގެ މައްޓުގެ ޕެނަލްޓީ ގޯލުގެ ތެރެއަށް.

31 Mar 08:46

ތިމަރަފުށީގެ އާދަންނާ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފި.

31 Mar 08:45

ފުރަތަމަ ޕެނަލްޓީ ފޮނުވާލަނީ ތިމަރަފުށިން.

31 Mar 08:44
31 Mar 08:40

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ޕެނަލްޓީ ޝޫޓްއައުޓްއަށް. ދެ ޓީމު 2-2ގެ ނަތީޖާއަކުން އެއްވަރު.

31 Mar 08:39

އާދަންނާ ފޮނުވާލި ހަމަލާ، ގާފަރު ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

31 Mar 08:37

ތިމަރަފުށީގެ ރޮނާގެ ހަމަލާއެއް. އޭނާގެ ހަމަލާގެ ހުރަހަކަށްވީ ގާފަރުގެ ކީޕަރު ފައިއްޓެ.

31 Mar 08:35

ގާފަރުގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސަނީމް ފޮނުވާލި ބާރު ހަމަލާ، ތިމަރަފުށީގެ ކީޕަރު ޝަރުހާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

31 Mar 08:34

ތިމަރަފުށީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އާދަންނާ ފޮނުވާލި ބެކްހީލް ހަމަލާ، ގާފަރުގެ ކީޕަރު ފައިއްޓެ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

31 Mar 08:32

ގާފަރުން ނަތީޖާ ހަމަހަމަކޮށްފި. ގާފަރަށް އެއްވަރުކޮށްދިނީ އެޓީމުގެ ތަރި މައްޓު. އޭނާ އެެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން.

31 Mar 08:29

ގާފަރުން ގޯލެއް ޖަހައި، ތިމަރަފުށީގެ ލީޑު ހަނިކޮށްފި. ގާފަރަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަޒްޔާން.

31 Mar 08:28

ގާފަރަށް ރަނގަޅު ފުރުސަތެއް. ތިމަރަފުށީގެ ކީޕަރު ޝަރުހާންގެ ބޯމަތިން އަޒްޔާން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

31 Mar 08:27

ގާފަރުގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އަޒްޔާން ފޮނުވާލި ބާރު ހަމަލާ، ތިމަރަފުށީގެ ކީޕަރު ޝަރުހާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

31 Mar 08:26

ތިމަރަފުއްޓަށް ފުރުސަތެއް. ސަނީމް އަތުން ބޯޅަ ހޯދައި، ކުރިއަށް ޖެހި ތިމަރަފުށީގެ ގަބޭ ފޮނުވާލި ހަމަލާ، ގާފަރުގެ ކީޕަރު ފައިއްޓެ ވަނީ މަތަކޮށްފައި.

31 Mar 08:25

ތިމަރަފުށީގެ ކެޕްޓަން ސިނާއަށް ވެސް ރީނދޫ ކާޑެއް. ތިމަރަފުށި ބެންޗުގައި ހުރި އޮފިޝަލަކަށް ވެސް ރީނދޫ ކާޑެއް ދެއްކި.

31 Mar 08:24

މައްޓު ފޮނުވާލި ހިލޭ ޖެހުން ތިމަރަފުށީގެ ގޯލާ އަމާޒެއް ނުވި.

31 Mar 08:23

ސާމިންއަށް ކުރި ފައުލަކާ ތިމަރަފުށީގެ މުނީޒަށް ރީނދޫ ކާޑެއް، އަދި ގާފަރަށް ހިލޭ ޖެހުމެއް.

31 Mar 08:22

ގާފަރު ކުރިއަށް ޖެހުމުން އެންމެ ނުރައްކާ ފެނިގެންދަނީ ގެއްލިގެންދާ ބޯޅައިން. އެ ބޯޅައިން ތިމަރަފުށީގެ ގަބޭގެ ނުރައްކާ ބޮޑު. މުޅި މެޗުގައި ވެސް ގަބޭގެ ކުޅުން ފާހަގަކޮށްލެވޭ.

31 Mar 08:21

ތިމަރަފުށިން ދެ ގޯލުގެ ލީޑެއް ނެގުމުން ގާފަރުން އަންނަނީ ގޯލެއް ޖެހުމަށް ބުރަ މަސައްކަތެއް ކުރަމުން.

31 Mar 08:20
31 Mar 08:18

ތިމަރަފުށިން ލީޑު ފުޅާކޮށްފި. ގަބޭ އާއި ރޮނާ އަދި އާދަންނަގެ މޮޅު ކުޅުމެއް. ހާއްސަކޮށް ގަބޭގެ ކުޅުން ފާހަގަކޮށްލެވޭ. ގަބޭ ޖައްސާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ރޮނާ ވަނީ އާދަންނާއަށް ޖައްސާލާފައި. ގޯލު ކާމިޔާބުކުރީ އާދަންނާ.

31 Mar 08:16

ތިމަރަފުށީގެ ހަމަލާއެއް. ރޮނާ ފޮނުވާލި ހަމަލާ، ގާފަރުގެ ކީޕަރު ފައިއްޓެ ވަނީ މަތަކޮށްފައި.

31 Mar 08:15

ގާފަރުގެ އިތުރު ހަމަލާއެއް. މައްޓު ފޮނުވާލި ހަމަލާ ވެސް ތިމަރަފުށީގެ ކީޕަރު ޝަރުހާން ވަނީ މަތަކޮށްފައި.

31 Mar 08:14

ގާފަރުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ގައިސާން ފޮނުވާލި ހަމަލާ، ތިމަރަފުށީގެ ކީޕަރު ޝަރުހާން ވަނީ މަތަކޮށްފައި.

31 Mar 08:11

ތިމަރަފުށިން ލީޑު ހޯދައިފި. ގަބޭ ފޮނުވާލި ޖެހުން ގާފަރުގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު ފައިއްޓެގެ އަތުގައި ޖެހިފައި.

31 Mar 08:10

'28 - އަނެއްކާވެސް ގާފަރުގެ ކީޕަރު ފައިއްޓެގެ މޮޅު ސޭވްއެއް. ރޮނާ ފޮނުވާލި ހަމަލާ، ފައިއްޓެ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

31 Mar 08:09

މެޗުގެ އެންމެ ހުސް ފުރުސަތު ގާފަރަށް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގާފަރުގެ ސާމިން ފޮނުވާލި ހަމަލާ ދިޔައީ ތިމަރަފުށީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

31 Mar 08:08

ގާފަރަށް ރަނގަޅު ފުރުސަތެއް. ގައިސާން ފޮނުވާލި ހަމަލާ، ތިމަރަފުށީގެ ކީޕަރު ޝަރުހާން ވަނީ މަތަކޮށްފައި.

31 Mar 08:07

ގާފަރުގެ ކީޕަރު ފައިއްޓެގެ މޮޅު ސޭވްއެއް. އާދަންނަ ފޮނުވާލި ބާރު ހަމަލާ، ފައިއްޓެ ވަނީ މަތަކޮށްފައި.

31 Mar 08:07

ޕެނަލްޓީ އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމުން ސިނާ ފޮނުވާލި ހަމަލާ، ގާފަރުގެ ވޯލުގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

31 Mar 08:05

ގަބޭއަށް ނާއިހު ކުރި ފައުލަކާ ގުޅިގެން ތިމަރަފުއްޓަށް ހިލޭ ޖެހުމެއް.

31 Mar 08:03

ސިނާ ފޮނުވާލި ހަމަލާ ދިޔައީ ގާފަރުގެ ގޯލާ އަމާޒުނުވެ ބޭރަށް.

31 Mar 08:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ތިމަރަފުށިން.

31 Mar 07:59

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅު ވަރުގަދަކޮށް ފެނިގެންދިޔައީ ގާފަރުން.
  • ގާފަރުން އެންމެ ފާހަގަކޮށްލެވުނީ ކީޕަރު ފައިއްޓެ، މައްޓު އަދި ސަނީމް.
  • ތިމަރަފުށިން ކުޅުން ރަނގަޅުކޮށް، ފުލުފުލުގައި ހަމަލާތަކެއް އުފެއްދި.
  • ތިމަރަފުށީގެ ހަމަލާތަކުގެ ހުރަހަކަށްވީ ގާފަރުގެ ކީޕަރު ފައިއްޓެ.
  • ތިމަރަފުށީގެ ތަރިން، ގަބޭ، ރޮނާ، ސިނާ، މުނީޒް އަދި ހަމްދެގެ ނުރައްކާ ފެނުނު.
  • ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެއް.
31 Mar 07:56

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

31 Mar 07:56

'34 - މައްޓުގެ ބާރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މައްޓު ފޮނުވާލި ބާރު ހަމަލާ ދިޔައީ ތިމަަރަފުށީގެ ގޯލާ އަމާޒު ނުވެ ބޭރަށް.

31 Mar 07:54

'32 - ތިމަރަފުށީގެ ފަސްވަނަ ފައުލް. ގާފަރަށް ހިލޭ ޖެހުމެއް.

31 Mar 07:53

ގާފަރުގެ ތިންވަނަ ފައުލް. ހިލޭ ޖެހުމުން ތިމަރަފުއްޓަށް ނުރައްކަލެއް ނުކުރެވުނު.

31 Mar 07:52

'30 - ރޮނާ ފޮނުވާލި ހަމަލާ، ގާފަރުގެ މުނީޒް ބްލޮކްކޮށްފައި. މެޗުގައި ގާފަރުން އެންމެ ފާހަގަކޮށްލެވެނީ ކީޕަރު ފައްޓެ އާއި މައްޓު އަދި ސަނީމް.

31 Mar 07:51

'29 - އަރިމަތިން ތިމަރަފުށީގެ މުނީޒް ފޮނުވާލި ހަމަލާ، ގާފަރުގެ ގޯލާ އަމާޒެއް ނުވި.

31 Mar 07:50

'28 - ތިމަރަފުށީގެ ހަމަލާއެއް. ސިނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގާފަރުގެ ކީޕަރު އަދި ކެޕްޓަން ފައިއްޓެ.

31 Mar 07:48
31 Mar 07:47

އަޒްޔާން ފޮނުވާލި ހިލޭ ޖެހުން ތިމަރަފުށީގެ ގޯލާ އަމާޒެއް ނުވި.

31 Mar 07:46

'24 - ނާއިހުއަށް ތިމަރަފުށީގެ ހަމްދެ ކުރި ފައުލަކާ ގުޅިގެން ގާފަރަށް ހިލޭ ޖެހުމެއް.

31 Mar 07:45
31 Mar 07:44

'22 - ތިމަރަފުށީގެ ކެޕްޓަން ސިނާ ފޮނުވާލި ހަމަލާ، ގާފަރުގެ ގޯލާ އަމާޒު ނުވެ ބޭރަށް.

31 Mar 07:44

މިވަގުތު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދަނީ ވަރަށް ވާދަވެރި ކުޅުމެއް.

31 Mar 07:43

'21 - ގާފަރުގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މައްޓު ފޮނުވާލި ބާރު ހަމަލާ، ތިމަރަފުށީގެ ކީޕަރު ޝަރުހާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

31 Mar 07:42

'20 - ތިމަރަފުށީގެ ފައުލެއް. ގާފަރަށް ލިބުނު ހިލޭ ޖެހުމުން މައްޓު ފޮނުވާލި ހަމަލާ، ތިމަރަފުށީގެ ވޯލްގައި ތިބި ކުޅުންތެރިން ވަނީ ބްލޮކްކޮށްފައި.

31 Mar 07:41

'19 - ތިމަރަފުށީގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން އާދަންނާ ފޮނުވާލި ހަމަލާ، ގާފަރުގެ ކީޕަރު ފައިއްޓެ ވަނީ މަތަކޮށްފައި. ފައިއްޓެ ވަރަށް ހުޝިޔާރު.

31 Mar 07:39

'17 - ތިމަރަފުށީގެ ގަބޭ ޖައްސާލި ހިލޭ ޖެހުމުން އާދަންނާ ފޮނުވާލި ހަމަލާ، ގާފަރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބްލޮކްވެއްޖެ.

31 Mar 07:39

'17 - ގަބޭއަށް ކުރި ފައުލަކާ ގުޅިގެން ތިމަރަފުއްޓަށް ހިލޭ ޖެހުމެއް.

31 Mar 07:38

'16 - ގާފަރުން ވަރުގަދަކޮށް މެޗު ފެށި ނަމަވެސް، މިހާރު ފެންނަނީ ތިމަރަފުށީގެ ނުރައްކާ.

31 Mar 07:37

'15 - ތިމަރަފުށީގެ އާދަންނަ ފޮނުވާލި ބާރު ހިލޭ ޖެހުން ވެސް ގާފަރުގެ ކީޕަރު ފައިއްޓެ މަތަކޮށްފި.

31 Mar 07:35

ގާފަރުގެ ފައުލެއް. ތިމަރަފުއްޓަށް ހިލޭ ޖެހުމެއް.

31 Mar 07:35

'13 - ތިމަރަފުށީގެ ހަމަލާއެއް. މުނީޒް ފޮނުވާލި ހަމަލާ، ގާފަރުގެ ކީޕަރު ފައިއްޓެ ވަނީ މަތަކޮށްފައި.

31 Mar 07:34

'12 - ގާފަރުގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސަނީމް ފޮނުވާލި ބާރު ހަމަލާ، ތިމަރަފުށީގެ ކީޕަރު ޝަރުހާން ވަނީ މަތަކޮށްފައި.

31 Mar 07:33

'11 - ސިނާ ކުރި ފައުލަކާ ގުޅިގެން ގާފަރަށް ހިލޭ ޖެހުމެއް.

31 Mar 07:32

'10 - ތިމަރަފުއްޓަށް ފުރުސަތެއް. ސިނާއަށް ލިބުނު ބޯޅަ، ނުރައްކާވުމުގެ ކުރިން ކީޕަރު ފައިއްޓެ ވަނީ ހޯދާފައި.

31 Mar 07:31

'9 - ތިމަރަފުށީގެ ރޮނާ ދުރުން ފޮނުވާލި ބާރު ހަމަލާ، ގާފަރުގެ ގޯލާ އަމާޒު ނުވެ ބޭރަށް.

31 Mar 07:29

'7 - ގާފަރުގެ ނާއިހުގެ ހަމަލާއެއް. ނާއިހު ފޮނުވާލި ހަމަލާ، ތިމަރަފުށީގެ މުނީޒް ވަނީ ބްލޮކްކޮށްފައި.

31 Mar 07:29

ގާފަރުގެ އެންމެ ފާހަގަކޮށްލެވެނީ މައްޓު އާއި ގޯލްކީޕަރު ފައިއްޓެ. މި މެޗުގައި ގާފަރުގެ ބޭންޑު އަޅައިގެން ކުޅެމުންދާ ކީޕަރު ފައިއްޓެއަކީ މުޅި މުބާރާތުގައި ވެސް އެންމެ ފާހަގަކޮށްލެވުނު އެންމެ މޮޅު ގޯލްކީޕަރު.

31 Mar 07:27

ތިމަރަފުށީގެ ވަރުގަދަ ކުޅުންތެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ސިނާ، ރޮނާ އަދި ގަބޭ ވެސް މި ވަގުތު ދަނޑުމަތީ އެބަތިބި. ދެން ފާހަގަކޮށްލެވޭ ހަމްދެ އާއި އާދަންނާ މިވަގުތު ތިބީ ބެންޗުގައި. ތިމަރަފުށީގެ މުޅި ޓީމު ވެސް ފާހަގަކޮށްލެވެނީ ތަރިންގެ ޓީމެއްގެ ގޮތުގައި.

31 Mar 07:24

ގާފަރުގެ މައްޓުއަކީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެއް. މި މެޗުގައި ވެސް އޭނާގެ ނުރައްކާ ބޮޑު.

31 Mar 07:24

'2 - ގާފަރުގެ މައްޓު ފޮނުވާލި ހަމަލާ، ސިނާ ގައިގައި ޖެހި ބްލޮކްވެއްޖެ.

31 Mar 07:23

މެޗުގެ ފުރަތަމަ ހަމަލާ ގާފަރުން. ދުރުން ފޮނުވާލި ބޯޅަ، ތިމަރަފުށީގެ ގޯލާ އަމާޒު ނުވެ ބޭރަށް.

31 Mar 07:22

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ގާފަރުން.

31 Mar 07:21

ތިމަރަފުށީގެ ކެޕްޓަނަކީ ސިނާ. ގާފަރުގެ ކެޕްޓަނަކީ އެޓީމުގެ ގޯލްކީޕަރު ފައިއްޓެ.

31 Mar 07:19

މެޗު ބެލުމަށް ދެ ޓީމުގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ހުޅުމާލެ ފުޓްސަލް ދަނޑުގެ ސަރަހައްދަށް އެއްވެފައި. މިއީ ސަޕޯޓަރުންނަށް ވެސް ވަރަށް މުހިންމު މެޗަކަށް ވެގެންދާނެ.

31 Mar 07:06

މި މުބާރާތުގައި ގާފަރަކީ ވެސް ތަފާތު ދެއްކި ޓީމެއް. އެޓީމުން ވަނީ ވަރުގަދަ ޓީމުތަކެއް ކަޓުވާލައި، ސަޕްރައިޒިން ޓީމެއްކަން ސާބިތުކޮށްދީފައި. އެހެންކަމުން ގާފަރަކީ ތިމަރަފުއްޓަށް ބޮޑު ޗެލެންޖެއް.

31 Mar 07:04

މި މުބާރާތަށް ތިމަރަފުށި ނުކުތީ ފޭވަރިޓް އަދި އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި. ގިނަ ޓީމުތަކުން ތިމަރަފުށި ބަލިކުރުމަށް ބުރަ މަސައްކަތެއް ކުރި ނަމަވެސް، އެޓީމުން ވަނީ ފެންވަރު ދައްކާލާފައި. އަތޮޅު ޗެމްޕިއަންކަމާއި ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދީ ވަރުގަދަ ކުޅުމަކަށްފަހު. އަދި ތިމަރަފުށިން ވަނީ ފައިނަލް ބުރުގައި ވެސް ވަރުގަދަ ކުޅުމެއް ދައްކާފައި.

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލް މެޗުގައި ތ. ތިމަރަފުއްޓާއި ކ. ގާފަރު ބައްދުލުކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ފެށީ 91 ޓީމާއެކު. މުބާރާތުގެ ފައިނަލާ ހަމައަށް ދެޓީމު ދަތުރުކުރީ އަތޮޅު ބުރަކާއި، ޒޯން ބުރެއްގެ އިތުރުން، ގަދަ 16 ގެ މެޗުތައް، ކުއާޓާ ފައިނަލްގެ މެޗުތަކުގެ އިތުރުން ސެމީ ފައިނަލްގެ މެޗުތައްވެސް ކުޅެފައި. ފައިނަލް މެޗަކީ މުބާރާތުގައި ކުޅޭ 177 ވަނަ މެޗު.

ތިމަރަފުށިން ފައިނަލް ކުރި ދަތުރު

އަތޮޅު ޗެމްޕިއަންކަން ތިމަރަފުށިން ނެގީ ފަސޭހަކަމާ އެކުގައި. އެ ދިޔަ ސްޕީޑުގައި ގޮސް ޒޯން ޗެމްޕިއަންކަންވެސް ތިމަރަފުށިން ނަގާފައިވާ އިރު، ނޮކްއައުޓް ބުރުގައި ފެނުނީ އަދި މާ ވަރުގަދަކޮށް. ގަދަ 16 ގައި އއ. މަތިވެރި ބަލިކުރީ ފަހަތުން އަރައި 6-2 ގެ ނަތީޖާއަކުން. އެ މެޗުގައި މަތިވެރިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި ނަމަވެސް ފަހު ހާފުގައި ތިމަރަފުށިން ވަނީ ހަ ގޯލު ޖަހައިފައި. ކުއާޓާ ފައިނަލުގައި ވަރުގަދަ ފޯމެއްގައި އޮތް ރ. ދުވާފަރު ކައިރީ ތިމަރަފުށި މޮޅުވީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން. ސެމީ ފައިނަލަށް ނުކުމެ ދ. އަތޮޅު ޗެމްޕިއަން ކުޑަހުވަދޫ ބަލިކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން. ތިމަރަފުއްޓަކީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން. އަދި އެއީ މިހާތަނަށް މުބާރާތް ދެފަހަރު ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމު.

ތިމަރަފުށީގެ ސްކޮޑު
  • މުހައްމަދު އައިމަން (1)
  • އިބްރާހީމް ސިނާހް، ސިނާ (4)
  • ސައިފާން އަހުމަދު މަނިކު (5)
  • އިސްމާއީލް ސިޔާދު (6)
  • އަލީ ޝިފާއު، ރޮނާ (7)
  • އިބްރާހީމް އަސްވަދު، ގަބޭ (8)
  • އިސްމާއީލް މުނީޒް (9)
  • އިބްރާހީމް ހަމްދާން، ހަމްދެ (10)
  • އަބްދުﷲ ޒިޔާން، ޖަންކީ (11)
  • މުޖުތާޒު މުހައްމަދު، މުޖޭ (13)
  • ހުސައިން އަލީ (15)
  • އާދަމް ނާސިހް، އާދަންނާ (17)
  • މުހައްމަދު ޝަރުހާން (25)
  • މުހައްމަދު ޒަޔާން މުލާޒް (88)

ގ. ގާފަރު ފައިނަލަށް ކުރި ދަތުރު

ގާފަރަކީ ކ. އަތޮޅުގެ ޗެމްޕިއަން ކަމާއި ޒޯން ޗެމްޕިއަންކަންވެސް ނެގި ޓީމު. ގަދަ 16 ފެނުނީ ނަތީޖާ ނެރުމަށް މުހިއްމު ކުޅުމެއް ކުޅުނު ތަން. ގަދަ 16 ގައި ގާފަރުން ކޮނޑޭ ބަލިކުރީ 2-1 އިން. ކުއާޓާ ފައިނަލް މެޗުގައި ގާފަރުން ވަރުގަދަ މާފަންނު ކޮޅަށް ހަތަރު ގޯލު ޖަހައި، މެޗު 4-0 އިން ވަނީ ކާމިޔާބުކޮށްފައި. އެ ދެމެޗުގެވެސް ތަރިއަކީ މައްޓު. ސެމީ ފައިނަލުގައި ގާފަރުން މާލެގަން ކަޓުވައިލީ ޕެނަލްޓީ ޖަހައިގެން. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ އޮތީ 3-3 އިން އެއްވަރުވެފައި. ޕެނަލްޓީން ގާފަރު މޮޅުވީ 7-6 ގެ ނަތީޖާއަކުން. ޕެނަލްޓީ ޝޫޓްއައުޓްގެ ހީރޯއަކީ ގޯލްކީޕަރު ފައިއްޓެ.

ދެހާސް ފަނަރަ ވަނަ އަހަރުވެސް ގާފަރުން ގޯލްޑަން ފުޓްސަލްގެ ފައިނަލަށް ދަތުރުކުރި ނަމަވެސް އެފަހަރު ބ. ހިތާދޫ އަތުން ބަލިވެ ލިބުނީ މާޔޫސްކަން. މިފަހަރުގެ ޓީމުން އޮތީ އެ ހިތި ފިލުވަން ނުކުމެ އެ އަޒުމުގައި. ޓީމު ފައިނަލަށް ދިޔުމުގައި ސަޕޯޓަރުންގެ ޖޯޝު ފެނުނު.

ގާފަރު ސްކޮޑު
  • ފައްޔާޒު ފަޔާޒް، ފައިއްޓެ (2)
  • ސާމިން މުހައްމަދު ނަސީރު (4)
  • އިބްރާހީމް ރިމާހް (7)
  • އަލީ މާއިސް، މައްޓު (10)
  • އައްޒާމް ނިޔާޒް (11)
  • ގައިސާން އަބޫބަކުރު މާހިރު (12)
  • އަޒްޔާން އިބްރާހީމް (17)
  • ނިފާލް ނަސީރް (19)
  • މުހައްމަދު ސަމްއާން (22)
  • ޝާފީ އުމަރު (23)
  • ސަނީމް ޝަމާއިލް (32)
  • ނާއިހް މުފީދު (51)