ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ކުރިމަތިލާ 86 ކެންޑިޑޭޓުންގެ ތެރެއިން 80 ކެންޑިޑޭޓެއްގެ މާލީ ބަޔާން ހާމަކޮށްފި

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ 86 ކެންޑިޑޭޓުންގެ ތެރެއިން 80 ކެންޑިޑޭޓެއްގެ މާލީ ބަޔާން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ 80 ކެންޑިޑޭޓެއްގެ މާލީ ބަޔާން މިހާރު ވަނީ އެ ޕާޓީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

އެމްޑީޕީ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމަށް އެ ޕާޓީން ފުރަތަމަ ހުޅުވާލީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށް ފަހު، އޭގެފަހުން މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހަވީރު 4:00އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. އެމްޑީޕީން އާންމުކޮށްފައިވަނީ މާލީ ބަޔާން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓުންގެ މާލީ ބަޔާންތަކެވެ.

އެމްޑީޕީން ބުނީ މާލީ ބަޔާން ހުށަހަޅަން އެންގީ، ކެނޑިޑޭޓުންނާ މެދު މިހާރު އޮތް ވަރަށް ވުރެ ވެސް އިތުބާރު ބޮޑު ކުރުމަށާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ކެމްޕެއިންގެ ހުރިހާ މަސައްކަތްތަކާއި ކެންޑިޑޭޓުންގެ ހުރިހާ ކަމެއް ވީހާވެސް ދެފުށް ފެންނަ ސީދާ ގޮތަށް އާންމުންނަށް ހާމަކުރުމަށް ކަމަށް އެ ޕާޓީން ބުނެއެވެ.