ގާސިމް އިބްރާހިމް

ކޮންމެ ރައީސަކު ޖަލަށް ލާ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާނެ ބޭފުޅަކު ނުވެދާނެ: ގާސިމް

10

ކޮންމެ ރައީސަކު ޖަލަށް ލާ ނަމަ، ކުރިއަށްއޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާނެ ބޭފުޅަކު ނުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ އިރުތިޝާމް އާދަމްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ސަގާފަތުން ފެންނަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކު ވިއްޔާ ޖަލަށް ލާ މަންޒަރު ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން އެ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"މި ސަބަބުތަކާ މެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. މި ހަމަ ރަނގަޅަށްތޯ މިކަން މިދަނީ. މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާނެ ބޭފުޅަކު ނުވާ ހިސާބަށް ވެސް ހިނގައިދާނެ ކަމާމެދު އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެމަނިކުފާނު ހައްޔަރުކޮށް، މާފުށީ ޖަލަށް ވަނީ ގެންގޮސްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟