ވިޔަފާރި

ގައްދޫގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

އަހުމަދު ޖައިޝަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ބްރާންޗެއް ގދ. ގައްދޫގައި މިއަދު ހުޅުވައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގައްދޫގައި ބީއެމްއެލްގެ ބްރާންޗުގެ އިތުރުން 24 ގަޑިއިރު ސެލްފް ސާވިސް ބޭންކިން ހިދުމަތްވެސް މިހާރު ލިބޭނެ ކަމަށެވެ.

އަލަށް ހުޅުވި ބްރާންޗުންވެސް ބީއެމްއެލްގެ ގިނަ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ބީއެމްއެލްގެ ރަސްމީ ގަޑިތަކުގައި ލޯނަށް އެޕްލައި ކުރުމާއި އެކައުންޓު ހުޅުވުމުގެ އިތުރުން ކާޑުގެ ހިދުމަތްތައްވެސް އެތަނުން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

މިއަދު ގައްދޫގައި އެ ހިދުމަތް އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އާ ބްރާންޗާއެކު ގައްދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީ ފޯރުކޮށްދެވޭތީ ވަރަށް އުފާކުރައްވާ ކަމަށެވެ.

"މިއީ ރާއްޖޭގެ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގައި ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރާ މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ.