މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ފާތުމަތު އާޝާން އިއްޔެ ހަމަޖައްސަވައިފިއެވެ.
އާޝާން މީގެކުރިން ހުންނެވީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ޕަބްލިކް ރިލޭޝަން އިސްމާއީލް ސޯދިގު ވިދާޅުވީ، އާޝާން މިފްކޯއަށް ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ ތިރީސް ވަނަ ދުވަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގެ ދަށުން ކަމަށެވެ.
ސާކިއުލާގައިވާ ގޮތުން ކުންފުނި ހަރުދަނާ ކުރުމުގެ ގޮތުން އެކި ބަދަލުތައް ގެނެވޭނެ ކަމަށް ބުނެފައިވެއެވެ.