ގާސިމް އިބްރާހިމް

މަޖިލީހަށް ވާދަކުރެއްވުމަށް ގާސިމް، އީސީއަށް ފޯމު ހުށަހަޅުއްވައިފި

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފިއެވެ.

ގާސިމްގެ ފަރާތުން މިދިޔަ ހޯމަ ދުވަހު ފޯމު ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މޫސާ މުސްތާގެވެ.

19 ވަނަ މަޖިލީހުގެ އިންތިޚާބުގައިވެސް ގާސިމް ވާދަކުރައްވަނީ މާމިގިލީ ދާއިރާއަށެވެ.

އީސީއަށް ގާސިމް ފޯމު ހުށަހެޅުއްވި އިރު، ޖޭޕީގެ ޓިކެޓްގައި މަޖިލީހުގެ 42 ދާއިރާއަކަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ކެންޑިޑޭޓުންނަށް، ކެންޑިޑެންސީ ގަބޫލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައެވެ.