ޕޮލިސް

ޓަޔަރެއް ފަޅައިގެން ދިއުމުން ވިއްސައިގެންގޮސް ދެމީހަކަށް އަނިޔާވެއްޖެ

ތިލަފުށީގައި ވެހިކަލަކަށް ވައިޖަހަން އުޅުމުގެ ތެރޭގައި ޓަޔަރު ފަޅައިގެން ގޮސް، ވިއްސައިގެން ދިޔަ ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު 10:00ގައި ތިލަފުށީ ބޯޓްޔާޑެއްގައި ވެހިކަލެއްގެ ޓަޔަރަށް ވައިޖަހަނިކޮށް، ޓަޔަރު ފަޅައިގެންގޮސް ދެމީހުން ވިއްސައިގެންގޮސް އަނިޔާވެފައިވާ ކަމަށެވެ. އަދި އެހާދިސާގައި އަނިޔާވެފައިވަނީ ދިއްސަކާއި ބިދޭސީއަކަށް ކަމަށް ފުލުހުން ބުންޏެވެ.

މިދެމީހުން ފުލުހުން ލޯންޗެއްގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.