ޝަހީދާ އަބްދުﷲ ސައީދު
ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލަކުން ޖެހި، 54 އަހަރުގެ އަންހެނަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ 9:50 ހާއިރު އަމީނީ މަގު އެވިޑް ކޮލެޖް ކައިރިން ހިނގާފައި ދިޔަ 54 އަހަރުގެ އަންހެންމީހާ ގައިގައި ސައިކަލުން ޖެހުމުގެ ސަބަބުން އަތުގެ ދެ ތަނެއް މަށައިގެން ގޮސްފައިވާކަމަށެވެ.
އޭގެ އިތުރުން އަރިކަށްޓަށާއި އުނަގަނޑަށް ތަދުވެފައިވާކަމަށް ވެސް ބުނެފައިވެއެވެ. އަދި އޭނާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވި 18 އަހަރުގެ މީހާ އެކްސިޑެންޓުވުމުން މަޑު ނުކޮށް ގޮސްފައިވާކަމަށެވެ. އަދި ބުނީ ނަމަވެސް މިހާރު އޭނާ ހޯދައި ސައިކަލު ޓޯކޮށްފައިވާކަމަށާއި އޭނާގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށެވެ.
އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިމަހަުގެ ބާރަ ވަނަ ދުވަހުވެސް ވަނީ ކަފިހި ހުރަސްމަތިން ހުރަސްކުރި 46 އަހަރުގެ އަންހެނެއްގެ ގައިގައި ކާރަކުން ޖައްސާފައެވެ.
އެހާދިސާގައި އަންހެންމީހާގެ ބޯ ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭއެޅިފައެވެ.
އޭޑީކޭގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.