ބޮލީވުޑް

ކިއާރާ އަށް އެމާޖިން ސްޓާ އޮފް ދަ އިޔާ އެވޯޑު ލިބިއްޖެ

އޭޝިއާވިޝަން އެވޯޑްސް 2018ގެ އިމާޖިން ސްޓާ އޮފް ދަ އިޔާ އެވޯޑު ކިއާރާ އަދްވާނީއަށް ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ ކާމިޔާބީއަށް ބަލާފައި ކިއާރާއަށް މި އެވޯޑު ލިބިފައިވަނީ އޭޝިއާވިޝަން އެވޯޑްސްގެ ފަރާތުން ބޭއްވި ގާލާގައެވެ. މި ހަފުލާފައި ބޮލީވުޑްގެ ތަރީންގެ ތެރެއިން ރަންވީރު ސިންގާއި އަޔޫޝްމަން ކުރާނާގެ އިތުރުން އެހެން ތަރީންވެސް ވަނީ ބައިވެރިވެފައެވެ.

އެވޯޑާ ހަވާލުވުމަށްފަހު ކިއާރާ ބުނީ އެ އެވޯޑަކީ އޭނާ ކުރާ ބުރަ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އެވޯޑު ލިބުމުން މަސައްކަތުގައި އިތުރަށް މޯޓިވޭޓް ވެއްޖެ ކަމަށާއި އެވޯޑުގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކިއާރާ މިދުވަސްވަރު އަންނަނީ "ގުޑް ނިއުސް"ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގައި ދިލްޖިތް ދޮސަންޖް، އަކްޝޭ ކުމާރު އަދި ކަރީނާ ކަޕޫރު ޚާން ލީޑް ރޯލުން ފެނިގެން ދާނެއެވެ. މީގެ އިތުރުން ފިލްމު "ކަބީރު ސިންގް"ގައި ޝާހިދު ކުމާރާއެކު ކިއާރާ ފެނިގެން ދާނީ ދި-ގްލެމް އެވޭޓާއެއްގެ ރޯލުންނެވެ.