ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލީހުގެ މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލުމަށް ޔޫސޭ ފޯމު ހުށަހަޅައިފި

މަރިޔަމް ޝަހުދާ

ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލުމަށް ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު، ޔޫސޭ ފޯމު ހުށަހަޅައިފި އެވެ.

މީގެ ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެމްބަރުކަމަންވެސް ކުރައްވާފައިވާ ޔޫސޭ މިފަހަރުގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވަނީ އަމިއްލަ ގޮތުންނެވެ. އެގޮތުން މިއަދު އިލެކްޝަނަށް ފޯމު ހުށަހެޅުމަށްފަހު ޔޫސޭގެ ޓުވިޓާ އެކައުންޓު މެދުވެރިކޮށް އާންމުކުރި ވީޑިއޯކޮޅެއްގައި ވަނީ މަޖިލީހަށް ކުރިމަތިލުމަށް ފޯމް ހުށަހެޅިކަން އިއުލާނު ކުރައްވާފައެވެ.

މި ވީޑިއޯގައި ޔޫސޭ ވަނީ ރައްޔިތުން އަބަދުވެސް ދެއްވާ ލޯތްބާއި އިހުތިރާމް މިފަހަރުވެސް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.