ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިނގިރޭސި ވިލާތާއި ސިންގަޕޫރުގައިވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން ބުނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އިނގިރޭސި ވިލާތާއި ސިންގަޕޫރުގެ އިތުރުން ބަންގްލަދޭޝްއާ ތައިލެންޑުގައި މިފަހަރު ވޯޓްފޮށި ބަހައްޓަން ނިންމާފައިވާކަމަށެވެ.
އެގޮތުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވޯޓްފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.
މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހަކަށް ލިބިގެންދާއިރު، އިއްޔެ ވަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓްލުމަށް ބޭނުންވާ މީހުންގެ ތެރެއިން، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީ ކޮށްފައިވާތަން ބަދަލުވެފައިވާ މީހުން އަލުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައެވެ.