އެމްއާރްއެމް

ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް އުފެއްދެވުމަށް އީސީން ހުއްދަ ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާ ތިންވަނަ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ދީފި އެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަނަށް ހުށަހެޅި އިރު، ރައީސް މައުމޫންގެ ފަރާތްޕުޅުން އެޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންއެވެ.

އެހެންކަމުން އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން މިއަދު ދީފައިވަނީ އިބްރާހިމް ހަސަން އަށެވެ

ޕާޓީ އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އީސީން މިއަދު ހުއްދަ ދިނުމާ ގުޅިގެން މީޑިއާއަށް މައުލޫމަތު ދެއްވަމުން، އިބްރާހީމް ހަސަން ވިދާޅުވީ އެމްއާރުއެމްގެ ބޭނުމަކީ ރައީސް މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

މީގެ އިތުރުން އެމްއާރުއެމް އުފެއްދުުގެ މަގުސަދުތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރު ދެމެހެއްޓުން ހިމެނޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.