ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅޭނެ އެއްވެސް ކަމެއް ނެތް ކަމަށް މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިސް މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމް އަދި ޕީއެންސީން މަޖިލީހަށް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމަުގެ ވޯޓަށް ހުށަހަޅާނެ ކަމަށް ބުނުމުން އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. ފާރިސް ވަނީ މާރިޔާގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ހުށަހެޅޭނެ ފަދަ އެއްވެސް ކަމެއްވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މިކަމާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ފާރިސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށާއި ކެބިނެޓްގެ މެންބަރުންނަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.